ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ހޯދައިފިއެވެ.

ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުން ނައިވާދޫ ވަނީ 3-0 ގެ ނަތީޖާއިން ނޭކުރެންދޫ ބަލިކޮށްފައެވެ.

Ad
rt

މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ނައިވާދޫއިން ވަނީ ފައިނަލް މެޗުގައި ވެސް އެ ޓީމްގެ މޮޅު ކުޅުން ތަކުރާރުކޮށްފައެވެ. އެ ޓީމަށް މެޗުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ)ގެ އިތުރުން މުހައްމަދު ޝާއިން (ޝާއިންޓެ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ނައިވާދޫގެ ޝާއްޕެއަށެވެ. ޓޮޕް ސްކޯރާއަށް ހޮވުނީ ނައިވާދޫގެ ޝާއިންޓެއެވެ.

ނައިވާދޫއަކީ ހދ.އަތޮޅުގައި މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ޓީމެވެ. އެ ޓީމުން ތަށި ހޯދި އަހަރުތަކަކީ، 2016، 2018، 2019، 2022، 2023، 2024 އަދި 2025 އެވެ.