ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ގެ ށ. އަތޮޅު ޗެމްޕިއަންކަން މިލަންދޫން ހޯދައިފިއެވެ.
ށ.އަތޮޅުގެ ފައިނަލް ކުޅުނީ އިއްޔެ ހަވީރުއެވެ. މިލަންދޫއާއި އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމް ބައްދަލުކުރި ފައިނަލް މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިލަންދޫ މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ. މިއީ ގޯލްޑެން ފުޓްސަލް މުބާރާތުގެ ތަށި މިލަންދޫން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މި މެޗުގައި ކަނޑިތީމަށް ލަނޑު ޖަހައިދިނީ އިބްރާހީމް ނަދާދު (ކުޑައްޓެ) އެވެ. މިލަންދޫއަށް ލަނޑު ޖަހައިދިނީ އަހްމަދު ޝާނީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މިލަންދޫގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ހުޝާމްއެވެ.
ށ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ މިލަންދޫ ޓީމްގެ އަހްމަދު ޝާނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!