ހދ.މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ބިން ހިތްކުމުގެ މަސައްކަތް ޑިސެމްބަރ މަސްތެރޭ ނިންމާފައިވާއިރު، މިހާރު ކުރިއަށް ދަނީ ފަސްގަނޑު ހިމާޔަތްކުރުމުގެ މަސައްކަތެވެ.
އެއް އަހަރު ދުވަހުން ބިން ހިތްކުމުގެ އަމަލީ މަސައްކަތް ނިންމާގޮތަށް، މި މަސައްކަތް 2023 ވަނަ އަހަރުގެ ތެރޭ ހަވާލުކޮށްފައި ވަނީ ބިގް ފިޝް މޯލްޑިވްސްއާއެވެ.
މަކުނުދޫ އެއަރޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކު ނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އިތުރަށް ބޮޑުކުރައްވާ 1800 މީޓަރުގެ ރަންވޭއެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައެވެ.
މަކުނުދޫ އެއަރޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. ބިގް ފިޝް މޯލްޑިވްސްއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!