ހދ. ކުމުންދޫ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެރަށުގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

އެ މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން އެމައްސަކަތާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ 29 ޖެނުއަރީ 2020 ވާ ބުދަ ދުވަހު 13:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވަނީ 10 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު 13:00 ގައެވެ.

ސަރުކާރުގެ އާންމު އުސޫލާއި އެއްގޮތަށް، މަޢުލޫމާތު ސާފުކުރެއްވުމަށް ބައިވެރިނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންޖެހެއެވެ.