ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފިއެވެ.
އެ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް 6 ދާއިރާއަށް 18 ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އެސިޓީގެ މޭޔަރުކަމަށް ވަނީ 2 ކެނޑި ޑޭޓަކު ކުރިމަތިލައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ 2020 – އަޕްޑޭޓް ކުރެވިފައިވާ ކުޅުދުއްފުށި ސިޓީ ކެންޑިޑޭޓް ލިސްޓު https://t.co/Hn6j01apEm
— MDP Secretariat (@MDPSecretariat) January 19, 2020
އެގޮތުން މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވަނީ މިހާރު ހދ. އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާ ތަމްސީލް ކުރައްވާ އެޕާޓީގެ ކައުންސިލް މެމްބަރު އަޙްމަދު އާޠިފާއި، ކުޅުދުއްފުށީ ކަސްޓަމްސްގެ ވަޒީފާގައި ހުންނެވި މުޙައްމަދު އާޠިފެވެ.
ދާއިރާތަކަށް ކެނޑިޑޭޓުން ކުރިމަތިލެއްވި ޢަދަދު
-
- ކުޅުދުއްފުށީ ސިޓީ 1، ކުޅުދުއްފުށީ އުތުރު ދާއިރާ - 1 ކެނޑިޑޭޓު
- ކުޅުދުއްފުށީ ސިޓީ 2، ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާ - 4 ކެނޑިޑޭޓުން
- ކުޅުދުއްފުށީ ސިޓީ 3، ކުޅުދުއްފުށީ މެދު އުތުރު ދާއިރާ- 4 ކެނޑިޑޭޓުން
- ކުޅުދުއްފުށީ ސިޓީ 4، ކުޅުދުއްފުށީ މެދު ދެކުނު ދާއިރާ- 2 ކެނޑިޑޭޓުން
- ކުޅުދުއްފުށީ ސިޓީ 5، ކުޅުދުއްފުށީ ހުޅަނގު ދެކުނު ދާއިރާ- 2 ކެނޑިޑޭޓުން
- ކުޅުދުއްފުށީ ސިޓީ 6، ކުޅުދުއްފުށީ އިރު ދެކުނު ދާއިރާ- 3 ކެނޑިޑޭޓުން
އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. ކުޅުދުއްފުށީ ސިޓީގެ ހަ ދާއިރާ ތެރެއިން ދެ ދާއިރާ ޚާއްސަ ކޮށްފައިވަނީ، އަންހެނުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!