ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ދަތުރެއް ފަށަން ތައްޔާރުވެއްޖެ އެވެ.

"ހާ ޓު ސީން" ގެ ނަމުގައި ފަށާ މި ހަރަކާތުގެ ޝިޔާރަކީ "ޑިސްކަވަރ ދަ ރިއަލް މޯލްޑިވްސް" އެވެ.

Ad
rt

2 އަހަރާ ބައިގެ މުއްދަތެއްގައި ނިންމުމަށް އަމާޒުހިފާފައިވާ މިދަތުރުގައި ޔޫޓިއުބް މެދުވެރިކޮށް ކޮންމެ ރަށަކަށް 45 މިނެޓުގެ ވީލޮގް ވީޑިއޯއެއް ހެދުމަށް މިޒުވާނުން ވަނީ ތައްޔާރުވެފަ އެވެ.

ހއ ތުރާކުނުން ސ އަތޮޅު މީދޫއަށް މި ކުރާ ދަތުރުގެ ހަރަކާތް އިފްތިތާހު ކުރުމަށް ހަމަ ޖެހިފައިވަނީ މި މަހު ގެ 24 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިމުހިންމު ކަމަކީ އެންމެހާ ދިވެހިން ބައިވެރިވާން ޖެހޭ ކަމެކެވެ.