ސްނޯކަލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެއް ވަނީ މަރުވެފައެވެ.
މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ އިއްޔެ 11:22 ހާއިރުއެވެ.
ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ އެ ތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!