ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ބާއްވާ އެންމެ ދިގު ދުވުން، މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ތާވަލުކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދުވުން އިންތިޒާމް ކުރުމުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި، ޔޫނިއަންގެ ދެގޮފި ކަމަށްވާ މެޑިކޯސް އަދި ގުރުޒު ގުޅިގެންނެވެ.

Ad
rt

10 ކިލޯ މީޓަރުގެ އިތުރުން 5 ކިލޯ މީޓަރު ވެސް ހިމެނޭ މި ދުވުން އިންތިޒާމްކުރާ ފަރާތުން ކުރިއަށް ގެންދަނީ "އެމްއެންޔޫއެސްޔޫ 10 ކޭ ސްޓެޕްސް - ބޮޑުތިލަދުންމަތި 2024" ގެ ނަމުގައެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ވާން ޖެހެއެވެ. ދުވުމުގައި ބައިވެރިވުމަށް ބިބް ގަންނަން ޖެހެއެވެ. ބިބެއް ވިއްކާ އަގަކީ 100 ރުފިޔާއެވެ. މި އިވެންޓަށް ހާއްސަކޮށްފައިވާ ޓީޝާތް ވެސް މިހާރު ވަނީ ވިއްކަން ފަށާފައެވެ. އަގަކީ 160 ރުފިޔާއެވެ. މި ހަރަކާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 7592555 މި ނަމްބަރަށް ގުޅުމަށް އިންތިޒާމްކުރާ ފަރާތްތަކުން އެދެއެވެ.

މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމެވެ. މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިންތިޒާމްކުރާ ފާރާތުން އެދެއެވެ.

މި ދުވުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ،