ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ރ. އަނގޮޅިތީމުގައި ރައްކާތެރިކަމާއި އެކު ކަރަންޓް ބޭނުންކުރާނެގޮތް ދަސްދޭ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

ފެނަކައިން ބުނިގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެ ކުންފުނީގެ އަނގޮޅިތީމު ބްރާންޗުން ހިންގި ތަމްރީނެއް ކަމަށެވެ.

Ad
rt

މި ތަމްރީން ހާއްސަކޮށްފައި ވަނީ އަނގޮޅިތީމުގެ އަންހެން ބޭފުޅުންނަށެވެ.

މި ތަމްރީނުގައި ވަނީ ރައްކާތެރިކަމާއި އެކު ކަރަންޓް ބޭނުންކުރާނެ ގޮތާއި، ދިމާވާ ކުދިކުދި ކަރަންޓުގެ މައްސަލަތައް ހައްލުކޮށް ދެނެގަންނާނެ ގޮތް ދަސްކޮށްދީފައެވެ.

މި ތަމްރީނު ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.