މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިރޭ 8:15 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށް ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީންދޫ ސަމާލުކަމުގެ އިންޒާރެއް ނެރެފައިވެއެވެ. މި އިންޒާރުގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި ގަދަ ވައި ޖެހުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ރަސްމީ ޗެނަލްތަކަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!