ހޯރަފުށި އެއާޕޯޓު ފެހި ކުރުމަށް އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް ފަށައިފިއެވެ.
ހޯރަފުށީ އެއަރޕޯޓް ހެދުމަށް ހާއްސަކޮށްގެން ހިއްކި ބިމުގެ ހޭޅިފަށުގައި މިއަދު ހަވީރު މިހަރަކާތް ފައްޓަވައި ދެއްވީ ހޯރަ ފުއްޓަށް ނިސްބަތްވާ ޓްރާންސަޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ.
We launched 100,000 trees planting program today in #Hoarafushi. Thank you Hon. Minister Nahla for gracing the event. Thank you #Hoarafushi #Uligan #Thuraakunu for the excellent effort to make today’s event a huge success. pic.twitter.com/RGbpuE9E2k
— Ahmed Saleem (@SalleHoarafushi) January 7, 2020
މިހަރަކާތް ކުރިއަށް ގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަށް ފެނިގެންދާ ގޮތަކަށް ކަމަށްވާތީ ވީހާވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިވުމަށް ހޯރަފުށީ ކައުންސިލުން އެެދިވަޑައިގެންފައި ވެއެވެ.

އެހަރަކާތަކީ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު ސަލީމްގެ އިސްނެންގެވުމުގެ މަތިން ހިންގަވާ ހަރަކާތެއްކަމަށާއި، މިހަރަކާތަށް ބޭނުންވާ ގަސް މީގެ ހަމަސް ކުރިން ހޯދާ ހަމަ ކުރެވިފައި ވާކަމަށް ހޯރަފުށީ ކައުންސިލުން ހާމަ ކުރަށްވާފައި ވެއެވެ.
ގަސް އިންދުމުގެ މިހަރަކާތުގައި ހއ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓްތަކާއި އެއަތޮޅުގެ ރަށްރަށުން ވެސް ބައިވެރިވެފައިވެ އެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!