ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން ހިމެނޭ ހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.
ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން މީގެ ކުރިން ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ކުރި ޢިއުލާނެއްގައި 11 އަތޮޅަކުން 14 ރަށަކަށާއި 3 ފަޅެއް ވަނީ ފަތުރުވެރިކަމަށް ހުޅުވާލާފައެވެ.
މިގޮތިން ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ތަންތަނުގެ ތެރޭގައި ހދ. ވައިކަރަމުރައިދޫ ( 15 ހެކްޓަރު)ގެ އިތުރުން ހިމެނޭ ރަށްތަކުގެ ތެރޭގައި ށ. ކުޑަޅައިމެންދޫ ވެސް ހިމެނެއެވެ.
އިތުރުރަށްތަކާއި ފަޅުތަކުގެތެރޭގައި ރ. ދިއްކުރެއްދޫ، ޅ. ދިއްފުށި (މަރައިދޫއާއިއެކު)، ވިހަފަރުފިނޮޅު، ކ. ހިއްމިއްޔާ ފަޅާއި އިތުރު ފަޅެއް، އއ. އަލިކޮއިރަށް، ވ. އަތޮޅުން ފަޅެއް، ތ. ގާލީ، ރުއްތިބިރަށް، ކަނިމީދޫ، ލ. ކަށިދޫ، ހަންހުށި، ގއ. ބޭރުމައުޑޫ އަދި ގދ. ކަޅެހުއްޓާ ހިމެނެއެވެ.
މި އިތުރުރަށްތަކާއި، ފަޅުތަކުގެތެރޭން ހދ. ވައިކަރަމުރައިދޫ ( 15 ހެކްޓަރު)ގެ އެކިއުޒިޝަން ކޯސްޓަކީ 1،875،000 މިލިއަން އެމެރިކާ ޑޮލަރެވެ. ށ. ކުޑަޅައިމެންދޫގެ އެކިއުޒިޝަން ކޯސްޓަކީ 1،966،500 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ރ. ދިއްކުރެއްދޫގެ އެކިއުޒިޝަން ކޯސްޓަކީ 4.83 މިލިއަން ޑޮލަރެވެ.
މީގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ. ހިއްމިއްޔާ ފަޅަށެވެ. އެއީ 23.5 މިލިއަން ޑޮލަރެވެ. މިފަޅަކީ 712 ހެކްޓަރުގެ ފަޅެކެވެ. ދެން އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ޅ. ދިއްފުށި އަށެވެ. އެއީ 18.5 މިލިއަން ޑޮލަރެވެ. ތިންވަނަ އަށް އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ 10 މިލިއަން ޑޮލަރު ދައްކަންޖެހޭ 46 ހެކްޓަރުގެ ކ. އަތޮޅު ފަޅަށެވެ.
ފަތުރުވެރިކަން ތަރައްޤީކުރަން މިއަދު ބީލަމަށް ހުޅުވާލި ޢިއުލާންގެ ލިންކް: ޢިއުލާން
މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. އެ ބީލަންތައް ވާންޖެހެނީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ބީލަން ހުށަހެޅުމާބެހޭ ގަވާއިދާއި އެއްގޮތަށް ތައްޔާރުކުރެވިފައިވާ ބީލަން ތަކަކަށެވެ.
ރިސޯޓް ތަރައްޤީ ކުރަން ތިލަދުންމަތިން ހުޅުވާލި 3 ރަށުގެ ތެރެއިން ބިޑު ހުށަހެޅީ އެންމެ ރަށަކަށް
މި ބީލަމާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބޭނެއެވެ.
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ފަތުރުވެރިކަމާބެހޭ ވުޒާރާގެ އީމެއިލް proposals@tourism.gov.mv އަށް އީމެއިލް ކުރުމުން އެކަމެއް ސާފުކޮށްދޭނެކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ޢިއުލާންގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!