އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ށ.އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

އެ އަތޮޅު ރަށްތަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބް ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާއީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓަރީ ކުރިތާ އަހަރެއް ވެފައިވާ ޖަމިއްޔާތަކަށެވެ.

Ad
rt

މި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅޭނީ މުޖުތަމައު ބާރުވެރި ކުރުވުން، އިޖުތިމާއީ ތަރައްގީއާއި އިޖުތިމާއީ ރޫހު އާލާ ކުރުމަށް ހިންފާ ޕްރޮގްރާމްތަކަށެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުން، ހުށަހަޅާ ތިން ޖަމިއްޔާއަކަށް މާލީ އެހީ ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާއިރު، ދިނުމަށް ކަނޑައަޅާފައި ވަނީ 100000 (އެއްލައްކަ) ރުފިޔާގެ މާލީ އެހީއެވެ.

މި ޕްރޮގްރާމަށް ޕްރޮޕޯޝަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ޖޫންމަހުގެ ހަވަނަ ދުވަހުގެ ކުރިން، އެ ކައުންސިލުން އާންމުކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯސަލް ހުށަހެޅުމަށް އަތޮޅު ކައުންސިލުން އެދިލައްވައެވެ.