ހއ.ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން، މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކަށް ބާއްވާ އަންހެނުންގެ ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވުމާއި އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރޫހު ދިރުވައި އާލާކުރުމެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ދިއްދޫގެ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ދިއްދޫގައި ރަޖިސްޓަރީ ކުރެވިފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.
މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 05 ވަނަ ދުވަހުގެ 22:30 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަކޮށް ހުށަހަޅަން ޖެހެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ އެ ރަށު ކޮމިއުނިޓީ ސެންޓަރުގައެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް މެއި މަހުގެ 9 ވަނަ ދުވަހުގެ 22:30 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!