މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހދ.ހަނިމާދޫއިން ދިގުމުއްދަތަށް ބިން ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް އެ ރަށުން ދޫކުރަން ހަމަޖެހިފައި ވަނީ 5000 (ފަސްހާސް) އަކަފޫޓުގެ 7 ބިމެވެ. މި ބިންތައް ދޫކުރަނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.

Ad
rt

މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގެ 10:30 ގައި ހަނިމަދޫ ކައުންސިލުގައެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބުތައް ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މެއި މަހުގެ 6 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަންޏެވެ.