ހއ. އިހަވަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން 26 ނޮވެމްބަރު 2019 ވަނަ ދުވަހު އާންމު ކުރި އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް އާންމު ކުރާކަމަށެވެ.

Ad
rt

އިހަވަންދޫ ކައުންސިލުން އާންމު ކުރި އިހަވަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ދާއިމީ ލިސްޓްގައި 457 މީހެއް ޝަރުޠު ހަމަވާކަމަށް ކަނޑައަޅާފައި ވެއެވެ.

ހއ. އިހަވަންދޫ އަކީ 61.9 ހެކްޓަރުގެ ރަށެކެވެ. 2017 ވަނަ އަހަރުގެ ބޯހިމެނުމުން އާބާދީގައި 3،335 އަށްވުރެ ގިނަ މީހުން ހއ. ގައި ތިބި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

ހއ. އިހަވަންދޫއަކީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ބަޠަލް، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު (ޙަސަން ތަކުރުފާނު)ގެ މަންމާފުޅުގެ އުފަންރަށެވެ. އެދެ ބޭފުޅުން އުފަންވެވަޑައިގަތީވެސް އެރަށުގައެވެ.