އދ. މަހިބަދޫ ''އަސުރުމާ3'' ދޯނި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އެދިއްޖެއެވެ.
ބީކޭއެމްޔޫ މިގޮތައް އެދުނީ މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފް ޓެގްކޮށް ''އެކްސް''ގައި ކުރި ޕޯސްޓެއްގައެވެ.
ބީކޭއެމްޔޫއިން ބުނީ އެ ދޯނި މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި ކަމަށެވެ. އަދި އެ ދޯންޏާއި އިންޑިއާގެ މަނަވަރެއްކައިރިކޮށް ސިފައިން އެ ދޯންޏަށް އަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
''ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އ.ދ މަހިބަދޫ އަސުރުމާ3 ދޯންޏަށް މިވަގުތު އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިއްޖެ. މިކަން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން!މިކަން ބަލައިދެއްވާ!'' ބީކޭއެމްޔޫއިން ބުނެފަވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހަްދުގައި މަސްވެރިކަން ކުރަމުންދިޔަ އ.ދ މަހިބަދޫ އަސުރުމާ3 ދޯންޏަށް މިވަގުތު އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިއްޖެ.މިކަން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން!މިކަން ބަލައިދެއްވާ! @MFORmv @MNDF_mv pic.twitter.com/bStJ9EtEwC
— Bodu Kanneli Masveringe union- BKMU (@FishermensUnion) January 31, 2024
ބީކޭއެމްޔޫ އަކީ މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ދިވެހި ބޮޑުކަންނެލި މަސްވެރިންނަށް ނިސްބަތްވާ ޖަމިއްޔާއެކެވެ.
ބީކޭއެމްޔޫގެ މިކަންބޮޑުވުމާއެކު ރަސްމީ އިދާރާގެ ބަހެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!