ތެލެސީމިއާ ހޮސްޕިޓަލް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ސަރުކާރަށް އެހީވާން ނިންމައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަ ކުރެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލޮކް އެފެއާޒް އަބްދުﷲ ނާޒިމެވެ.
މި ހޮސްޕިޓަލް ހަދަން އުރީދޫއިން އެހީވަނީ އެ ކުންފުނިން ދައުލަތަށް ދައްކާ ފީ ކުޑަކޮށްދޭ ގޮތަށެވެ. އެގޮތުން، 100 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް 2005 ވަނަ އަހަރު އޭރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދު އަށް ހުއްދަ ދީފައިވަނީ އެ ކުންފުނީގެ ޖުމްލަ އާމްދަނީގެ ފަސް އިންސައްތަ އަދި އައިސީޓީ ދާއިރާ ކުރިއަރުވަން އިތުރު އެއް އިންސަައްތައާއެކު، ޖުމްލަ ހަ އިންސައްތަ ދައްކާ ގޮތަށެވެ. ނަމަވެސް، އެ ކުންފުނީގެ ހުށަހެޅުމާ މެދު އިކޮނޮމިކް ކައުންސިލުން މަޝްވަރާކޮށް، އާމްދަނީގެ ފަސް އިންސައްރަ ދައްކާ ގޮތަށް ނިންމައި، އެޑްވާންސް ޓެކްސް ލައިންގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާ 100 މިލިއަން ރުފިޔާގެ ބަދަލުގައި 200 މިލިއަން ރުފިޔާއަށް އިތުރުކޮށް، އެ އަދަދު އެއްފަހަރާ ސަރުކާރަށް ދައްކާގޮތަށް ނިންމީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މުގެނައި ބަދަލާއެކު، ތެލެސީމިއާ ހޮސްޕިޓަލް އިމާރާތް ކޮށްދޭން އުރީދޫން ދޭން ޖެހޭނީ 100 މިލިއަން ރުފިޔާއެވެ. އެއާ އެކު، ދިރާގާއި އުރީދޫން ދައުލަތަށް ދައްކާ ޓެކްސް ފަސް އިންސައްތައަަށް އެއްވަރުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!