ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު މިއަދު ބޭނުންކުރަން ފަށައިފިއެވެ.
މި ބައި ބޭނުން ކުރަން ފަށަން ރަންވޭއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު އެވެ.
މިބައި ހުޅުވުމަށް ބޭއްވި ފުރަތަމަ ފްލައިޓްގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ މޭޖިން ޑިރެކްޓަރު އަހްމަދު މުބީން އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދޫ އަށް ވަޑައިގަތެވެ.
މިބައި ބޭނުން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާރުއޭސީއެލްގެ އެމްޑީ މުބީން ދެއްކެވި ވާހަކާގައި ވަނީ އެ އެއާޕޯޓްގެ ތަރައްޤީގެ މަޝްރޫއުގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި އެގޮތަށް މަސައްކަތް ކުރިއަށްދާނަމަ މާރިޗް މަސް ނިމުމުގެ ކުރިން މުޅި ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
The new runway development has been completed with night landing capabilities.
Phase I development of the runway is expected to be completed by the end of March, spanning a total length of 2460 meters.#airportsmv #RACL #aviationmv pic.twitter.com/n3vRmLhMSg— Regional Airports Company Limited (@AirportsMV) January 28, 2024
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ. މި މަސައްކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ ފަރާތުންނެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ.
މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. މިގޮތުން އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!