ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

މިކަމަށް ބީލަށް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ގުޅައިގެން (65000256) ނުވަތަ މެއިލް ކޮށްގެން (procurement@ihavandhoo.gov.mv) ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިލް ކުރުމަށް އެ ކައުންސިލުން އެދެއެވެ.

Ad
rt

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ 11:15 ގައި އެ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

މައުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/162468.pdf