ހދ. ހަނިމާދޫ އެގްރިކަލްޗަރު ސެންޓަރުގައި ވާޓިކަލް ފާމިން ޕައިލޮޓް މަޝްރޫއެއް ހިންގަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ވާޓިކަލް ފާމިންގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށް ޓަކައި މި މަޝްރޫޢު ހިިންގަން ހަވާލުކޮށްފައި ވަނީ ވީސީ ގުރޫޕް ޕްރައިވެޓް ލިމިޓް އާ އެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ ރާއްޖެ ފަދަ ބިން ކުޑަ ގައުމެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރެވޭނެ ޒަމާނީ ވަސީލަތްތައް ތައާރަފުކުރުމާއި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ހިންގަން ނިންމާފައިވާ މަޝްރޫއެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެއެވެ.
ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ކުރިއަށްގެންދާ އެ މަޝްރޫއުގައި ތިން ވައްތަރެއްގެ ހައިޑްރޮޕޯނިކްސް ސެޓަޕް ގާއިމުކުރަން ނިންމާފައިވާއިރު، މިއަދުން ފެށިގެން 34 ހަތަރު ދުވަހުގެ ތެރޭގައި މިކަމަށް ބޭނުންވާ ސެޓަޕްތައް ހަދައި، ސިސްޓަމްތަކުގައި ގަސްތައް ރުވަންޖެހޭނެއެވެ.
އެ މަޝްރޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުން، ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ފާމިން ސިސްޓަމް ދެނެގަނެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި އެ ސިސްޓަމްތައް ކުރިއަށް އޮތް ޕްރޮގްރާމްތަކުގައި ދަނޑުވެރިންނަށް ކިޔައިދޭނެ ކަމަށް ވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މިކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ14''ގައި ހިމެނޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!