އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ސްޓާރސް އިން ހޯދައިފިއެވެ. މި ކާމިޔާބީއާއި އެކު އެޓީމުވަނީ މިމުބާރާތުގެ ތަށި ދިފާއު ކޮށްފައެވެ.
ރިއަލް ސްޓާރސްއިން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުއި ޝީލްޑާ ބައްދަލުކުރި މެޗު 3-1 ލަނޑުގެ ނަތީޖާ އަކުން ކާމިޔާބު ކޮށްގެނެވެ.
މިމެޗްގައި ރިއަލް ސްޓާރސްގެ ލަނޑުތައް ޖަހާފައިވަނީ ޖާޒީ ނަމްބަރު 5 އަބުދު ﷲ މިސްބާޙް، ޖާޒީ ނަމްބަރު 37 މުޙައްމަދު ނައުޝާދު އަދި ޖާޒީ ނަމްބަރު 13 މުޙައްމަދު އަބުދުލް ޤަފޫރެވެ.
ޝީލްޑުގެ ލަނޑު ޖަހާފައިވަނީ ޖާރޒީ ނަމްބަރު 14، މުޖުތަބާއެވެ.
އާދަމް ސަލީމް ކަޕްގެ ވަނަތައް
- ޗެމްޕިއަން ޓީމް: ރިއަލް ސްޓާރސް
- ރަނަރަޕް ޓީމް: ޝީލްޑް
- ފެއަރޕްލޭ ޓީމު: ޔޫތު ފްރެންޑްސް
- ބެސްޓް ޕްލޭޔަރު: އާސިފް ސަލީމް - ޝީލްޑް
- އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ: ނޫރު ﷲ ޠާހާ - ރިއަލް ސްޓާރސް
- އެންމެ މޮޅު ގޯލް ކީޕަރު: މަސްއޫދު އާދަމް - ޝީލްޑް
- އެންމެ މޮޅު މިލްޑް ފީޑަރު: އަބުދު ﷲ މިސްބާޙް - ރިއަލް ސްޓާރސް
- އެންމެ މޮޅު ފޯވާޑު: އާސިފް ސަލީމް - ސީލްޑް
އެންމެ މޮޅު ޑިފެންސް: މުޙައްމަދު އަބުދުލް ޤަފޫރު - ރިއަލް ސްޓަރސް
ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ގެ މެއިން ސްޕޮންސަރއަކީ ހެޕީމާކެޓެވެ.
މި މުބާރާތަކީ ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.
ފޮޓޯތައް: އައިކްލިކް ސްޓޫޑިއޯ، ހަނިމާދޫ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!