ކ. އަތޮޅު ރީތިރަށް (ވަން އެންޑް އޮންލީ ރީތިރަށް) ރިސޯޓު ސަރަހައްދުން ދަގަނޑު ބޮޔެއް އޮޔާދާތީ ކަނޑު ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ރީތިރަށް ރިސޯޓުގެ ހުޅަނގު އުތުރުން އަށް ނޯޓިކަލް މޭލުން ދަނގަޑު ބޮޔެއް އިރުދެކުނަށް އޮޔާދާކަމަށެވެ.

Ad
rt

އެއީ ރަތް ކުލައިގެ ދަގަނޑު ބޮއެކެވެ.

އެހެންވެ، އެ ސަރަހައްދުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ޚާއްޞަގޮތެއްގައި އެ ސަރަހައްދުން ރޭގަނޑު ކަނޑުދަތުރުކުރާ އުޅަނދުފަހަރު މިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ރީތިރަށް ސަރަހައްދުން ދަގަނޑު ބޮޔެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ