ށ.އަތޮޅު ކޮމަންޑޫގައި އިމާރާތް ކުރެވުނު ވޭސްޓް މެނޭޖްމެންޓް ސެންޓަރ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.
މި ސެންޓަރ ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވީ ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން އެވެ.
އެ ރަށު ކައުންސިލުން ވަނީ އެ ރަށުގެ ގޭބިސީތަކުން ކުނި ނެގުމަށްޓަކައި މުވައްޒަފުން ލައިގެން މިއަދި ރަސްމީކޮށް އެ މަސައްކަތް ފަށާފައެވެ.
މި ކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ބުނީ އެ ރަށަކީ މީގެކުރިން އެއްވެސް ވަރަކަށް ކުނިނައްތާލެވޭނެ ނިޒާމެއް ނެތް ރަށެއް ކަމަށާއި، މިއަދު ބޭނުން ކުރަން ފެށުނު ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި އެކު އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ.
އެ ސެންޓަރުގައި ކުނި ނައްތާލެވޭނެ ޒަމާނީ ވަސީލަތްތައް ވެސް ވަނީ ގާއިމް ކޮށްފައެވެ. މިގޮތުން ފުޅިއާއި ދަޅުފަދަ ތަކެތި ފިއްތާ ޕްރެޝިން މެޝިނާއި، ޕްލާސްޓިކް ކޮށާ މެޝިނާއި ބިއްލޫރި މުގުރާ މެޝިންގެ އިތުރުން ލަކުޑި ފުނޑުކުރާ މެޝިން އެތަނުގައި ވަނީ ބަހައްޓާފައެވެ.
ސިނާން އިތުރަށް ބުނީ ފިއްދާ ދަޅާއި ފުޅިފަދަ ތަކެތި ވިއްކޭނޭ ގޮތެއް ހޯދުމަށް މިހާރު ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!