އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ހިމެނޭހެން ސަރުކާރުގެ ވަފުދެއް ހއ. އަތޮޅަށް ދަތުރެއް ފަށައިފިއެވެ.
ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.
އެއާއެކު ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދުތައް މިއަދު ވަނީ ހަފުތާ ބަންދާ ދިމާކޮށް އަތޮޅު ތަކަށް ފުރާފައެވެ.
މިގޮތުން ހއ. އަތޮޅަށް ދަތުރު ކުރާ ވަފުދު ލީޑު ކުރައްވަނީ އެ އަތޮޅު ތުރާކުނަށް ނިސްބަތްވެވަޑައިގަންނަވާ ސައީދު އެވެ.
މި ވަފުދުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަބުދުއްރައްޒާޤް ހަލީމާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ވަޒީރުގެ މިދަތުރުގައި ހއ. އަތޮޅުގެ 14 ރަށަށް ވެސް ވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!