ދިވެހި ފުޓްބޯޅަ ލެޖެންޑް، ރާއްޖޭގެ ގައުމީ ޓީމަށާއި، ފުރަތަމަ ޑިޥިޝަން ގިނަ ޓީމްތަކަކަށް ކުޅެފައިވާ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ''ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ'' ގެ ނަމުގައި ކުރިއަށް ގެންދާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލަށް ހުރާގެ ދެ ޓީމު ކަމުގައިވާ ޓީމް ތްރީޑީ އާއި ޓީމް ޖޯކާސް ދަތުރުކޮށްފިއެވެ.

ފުޓްސަލްގައި އަރަމުން އަންނަ ތަރިއެއްކަމުގައިވާ މުޙައްމަދު މަޒީން(ޗޮޕޭ) އާއި ވަރަށް ގިނަ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމް ޖޯކާސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި 8-1 އިން ކުލަބް މެޑް ކަނިފިނޮޅު ބަލިކޮށްގެންނެވެ.

Ad
rt

ކުލަބު މެޑް ކޮޅަށް ޖޯކާސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު މަޒީން( ޗޮޕޭ) އާއި ފައުޒާން(ކޮކީ) އިތުރުން އަޔާމް ޢަލީ ޝިޙާމްއެވެ. ކުލަބު މެޑުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހަލުވި ފޯވާރޑް ނަންނި އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޖޯރކާސްގެ ޖާރޒީ ނަންބަރު 7 ޗޮޕޭއެވެ.

ދިވެހި ފުޓްބޯޅަ ލެޖެންޑް ހުރާ އައްޔަ ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި

ރޭ ކުޅުނު ދެވަނަ ސެމީގައި ބައްދަލުކުރީ ޓީމް ތުރީޑީ އާއި ފޯސީޒަން ކުޑަހުރާގެ ޓީމް އަފިރިންނެވެ. މިމެޗް 3-0 ކާމިޔާބުކުރީ ތަޖުރިބާކާރު ހުނަރުވެރި ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ ޓީމް ތުރީޑީ އެވެ.

ކުޑަ ހުރާގެ ޓީމު އަފިރިންގެ ކޮޅަށް ތުރީޑީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޢަލީ ހަމްދާން(އައްޔަ) އާއި މުޙައްމަދު ތަސްމީން ( ތައްތީ) އެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ތްރީޑީގެ ޖާރޒީ ނަންބަރު ތޭވީސް ޢަލީ ހަމްދާން(އައްޔަ) އެވެ.

ކުލަގަދަ ރަސްމިޔާތުތަކާއެކު މުބާރާތުގެ ނިންމުން މާދަމާރޭ 8:00 ގައި ފެށިގެންދާ މިމުބާރާތުގެ ފައިނަލް މެޗު ފެށޭނީ،މާދަމާރޭގެ 9:00 ގައި ހުރާ މިނީފުޓުބޯޅަ ދަނޑުގަ އެވެ. މި މެޗް " ހުރާ އައްޔަ ފުޓްސަލް ފިއެސްޓަރ" މި މިޕޭޖުން ލައިވް ކުރާނެއެވެ.