އާބަންކޯއިން ފަލަސްތީނަށް އެހީވާން ހުކުރު ދުވަހު ފަންޑް ރެއިޒިން އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި އިވެންޓަކީ އެ ކުންފުނީހެ މުވައްޒަފުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތް ކުރިއަށްދާނީ ސެންޓްރަލް ޕާކުގައި ހުކުރު ދުވަހުގެ ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށް ކަމަށް އާބަންކޯއިން ބުންޏެވެ.
ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުނަށް އާބަންކޯއިން ދައުވަތު އަރުވައެވެ.
އެ ކުންފުނިން ވަނީ މިދިޔަ ހަފުތާ ބަންދުގައި ހުޅުމާލޭގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ބޭއްވި ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ހާސް މީހުން ޝަހީދުވެފައިވާއިރު އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އެ ފަރާތްތަކަށް އެހީވާން ރާއްޖޭގައި އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!