ހއ.އަތޮޅު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން އެ އަތޮޅު ކެލާ ކައުންސިލާއި ގުޅިގެން އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މުބާރާތުގެ އޮޑިޝަންގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކެލާ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކެލާގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ އޮޑިޝަނުން ހޮވޭ ފަރާތްތަކަށެވެ.

ފޯމް:

https://storage.googleapis.com/gazette.gov.mv/docs/iulaan/148073.pdf