ގދ. ތިނަދޫގައި އަލަށް އިމާރާތް ކުރި ފެނަކައިގެ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މި އިންޖީނުގެ ހުޅުވާފައިވަނީ އެ ރަށުގައި 20 އަހަރުވަންދެން ހިންގަމުން ދިޔަ އިންޖީނުގެ ނިއްވާލުމަަށްފަހުއެވެ.

Ad
rt

ތިނަދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ، ޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ.

ފެނަކަ އިން ބުނެފައިވާ ގޮތުގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ގޮތް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާ ތަނެއް ކަމަށެވެ.

އައު އިންޖީނު ގޭގައި ފެނަކައިން ވަނީ ސްޓޯރ، ޓޫލްސް ރޫމް، ބަދިގެ،އިންޖީން ރޫމް، ސްޓާފް އޭރިއާ، ކޮންޓްރޯލް ރޫމް، ވޯރކް ޝޮޕް، ކޮންފަރެންސް ރޫމެއް ވެސް ގާއިމުކޮށްފައެވެ.

މީގެ އިތުރުން މި އިންޖީނުގެއާއެކު 7.6 މެގަވޮޓްގެ ޖެންސެޓް ބެހެއްޓޭނެ ޖާގަ ވަނީ އިތުރުވެފައެވެ.

ފެނަކައިން އަންނަނީ ރަށްތަކުގައި އެތައް އަހަރެއް ވަންދެން ބޭނުން ކުރަމުން އައި ބައު އިންޖީނުގެތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފެނަކައިގެ މުވައްޒަފުންނަށް ފަަސޭހައިން މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް އައު އޮފީސް އިމާރާތްތައް ވެސް ދަނީ އަޅަމުންނެވެ.