އެކަނިވެރިމައިންނާއި އެކަނިވެރިބަފައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް ދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާ ވަރުގެ އެލަވަންސަކަށް ނުވާތީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 އަށް ބޮޑުކުރާނެ ކަމަށެވެ.

Ad
rt

މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް ބަދަލު ކުރަން ނިންމި ނަމަވެސް 3،000ރ. ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވަނީ މިސްކިތްތަކުގައި އިމާމުން މަދު ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި މިސްކިތްތަކަށް ހާއްސަ ސަމާލުކަމެއްދީ ކޮންމެ މިސްކިތެއްގައި ދެ އިމާމުން ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ލިޔުންދިން ޕީއެސްއެމްގެ މުވައްޒިފުންނާއި އެމްއެންޔޫގެ ފްލެޓްތައް މިސަރުކަރުން އަތުލިކަމަށެވެ. މިއީ މިސަރުކާރުން ވި އިހްމާލެއް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕީއެސްއެމްގެ މުވައްޒަފުންނާއި އެމްއެންޔޫގެ މުވައްޒަފުންނަށް މުވައްޒިފުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ ފްލެޓްތައް މިސަރުކާރުގެ ފަސް އަހަރު ނިމިފައި ނުވާތީ އެކަން ވެސް ފުރިހަމަކޮށްދެއްވައި އިތުރު މަޝްރޫއު ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.