ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޓާފް ކުއީން އިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ނޮޅިވަރަންފަރު ޓާފް ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ޓާފް ކުއީންއާއި އަމާޒް އެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ޓާފް ކްއީން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޓާފް ކްއީންގެ ޖޯޒީ ނަމްބަރު 21، އައިޝަތު މިނާއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މަރިޔަމް ނިހާ – ޓާފް ކްއީން
ޝަޒުމާ – ޓާފް ކްއީން
އަޒުރާ – އަމާޒް
ރީޝާ – އަމާޒް
ޝައިހާ – ހަބޭސް
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ނޮޅިވަރަންފަރު ޑަބްލިޔުޑީސީ
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވުނީ ހަބޭސްގެ މަރިޔަމް ޝައިހާއެވެ. އޭނާ ވަނީ މުބާރާތުގައި އަށް ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓާފް ކްއީންގެ ކޯޗް، ހަމްދުއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ޔަންގް ސްޓާގެ އިޝްމާ އަހްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ޓާފް ކްއީންގެ އައިޝަތު މިނާއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އައިޝަތު މިނާ، ފޮޓޯ: ނޮޅިވަރަންފަރު ޑަބްލިޔުޑީސީ
މުބާރާތުގެ ރަނަރަޕް ޓީމަކީ އަމާޒެވެ. މި މުބާރާތުގައި ވާދަ ކޮށްފައި ވަނީ ހަތަރު ޓީމެކެވެ. އެ ޓީމްތަކަކީ އަމާޒް، ހަބޭސް އެފްސީ، ޓާފް ކުއީންގެ އިތުރުން ޔަންގް ސްޓާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!