ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހދ. ކުުޅުދުއްފުށި ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ކުޅުދުއްފުށި ސިޓީގެ ޑިޕިއުޓީ މޭޔަރު އަލީ އަހްމަދު 'ތިލަދުން' އަށް ވިދާޅުވީ ރައީސް ނަޝީދު މިއަދު ހަވީރުގެ ފްލައިޓުން އެ ސިޓީއަށް ވަޑައިގަތީ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ދައުވަތަކަށް ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 2 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންފި pic.twitter.com/wQoPyXqOaG
— People's Majlis (@mvpeoplesmajlis) June 13, 2023
އޭނާ ވިދާޅުވީ ނަޝީދު ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކަމަށާއި އިތުރު ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާނެކަން މިހައިތަނަށް އެނގިފައި ނުވާ ކަމަށެވެ.
މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ 8:30 ގައި ކަމަށް ވެސް އަލީ އަހްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު، މާދަމާ ހެނދުނުގެ ފްލައިޓުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!