ހއ.އިހަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާގެ ލޯގޯ ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާކަމަށެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯ ފަރުމާކުރާ ފަރާތައް 5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނުމަށް ވަނީ ނިންމާފައެވެ.

Ad
rt

ލޯގޯ ފަރުމާކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖޫން މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެސް މެދުވެރިކޮށް ލޯގޯ ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ. ލޯގޯ ފޮނުވާނީ ms@ihavandhoo.gov.mv މި މެއިލް އެޑްރެސް އަށެވެ.

ފަރުމާކުރާ ލޯގޯއަކީ އިހަވަންދޫ ރަމްޒުކޮށްދޭ ލޯގޯއަކަށް ވާން ޖެހެއެވެ. މިގޮތުން އެ ރަށުގެ ހާއްސަ ސިފަތަކާއި ކަންކަމާއި ތަކެތި ލޯގޯ ފަރުމާކުރުމުގައި ބޭނުން ކުރެވިދާނެ ކަމަށާއި ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެ ކަމުގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.