އަލަށް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ “ދަ ޑިމޮކްރެޓްސް" އާ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ގުޅިވަޑައިގެންފިއެވެ.
"ދަ ޑިމޮކްރެޓްސް" އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ.
އެމްޑީޕީގެ ޓިކެޓްގައި ހއ. އަތޮޅު ކައުންސިލްގެ ރާއީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަން މޫސަ އެމްޑީޕީ ދޫކޮށްލައްވައި، ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެން މެންބަރުޝިޕް ފޯމު ހަވާލުކޮށް ދެއްވާފައި ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) އާއެވެ.
މޫސަގެ އިތުރުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އާއި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް ވެސް ވަނީ އަލަށް އުފައްދަން އުޅޭ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށްފައެވެ.
ބޮޑުތިލަދުން މަތިން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނާއި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދާއި އަދި ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ޒާމިރު ވެސް ވަނީ އެ ޕާޓީ އަށް ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!