ހދ. އަތޮޅު ކައުންސިލުގެ މެޖޯރިޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގެއްލިއްޖެއެވެ.
އެ ޕާޓީއަށް މެޖޯރިޓީ ގެއްލުނީ އެ އަތޮޅު ކައުންސިލުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި 3 މެމްބަރުން އަލައް އުފްދާ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރެއްވުމާއި ގުޅިގެންނެވެ.
އެ ޕާޓީއަށް ސޮއި ކުރެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އަދި ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު އެވެ.
މޭޔަރު އަހްމަދު އާތިފް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން މިއަދުވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.
މީގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ ރައީސް އާއި އެކު އެމްޑީޕީ ތަމްސީލް ކުރައްވާ 7 މެންބަރުން ތިއްބަވައެވެ. 3 މެންބަރުން އެމްޑީޕީން ވަކިވެ އާޕާޓީއާއި ގުޅުމުން މިހާރު އެމްޑީޕީގައި ތިއްބަވާނީ ރައީސް އާއި އެކު 4 މެންބަރުންނެވެ.
ހދ. އަތޮޅު ކައުންސިލްގައި ޕީޕީއެމްގެ 4 މެންބަރުން ތިއްބަވާއިރު އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ 2 މެންބަރުންނާއި އަމިއްލަ ގޮތުން ހޮވިފައި ހުރި މެންބަރަކާއި އެކު 14 މެންބަރުން ތިއްބަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!