ށ. ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސް ހިބަރެއް ބާނައިފިއެވެ.
ފުނަދޫ ހުވަނދު، ހުސައިން ވަހީދު ބޭނި މި މަސްހިބަރުގެ ބަރިދަނިގައި 308 ކިލޯ އަދި ދިގުމިނުގައި 12 ފޫޓް 7 އިންޗި ހުއްޓެވެ. މިއީ މިހާތަނަށް ފުނަދޫއަށް ބޭނި އެންމެ ބޮޑު މަސްހިބަރެވެ.
އޭނާ މި ހިބަރު ބާނާފައި ވަނީ އިއްޔެ މެންދުރުފަހު ފުނަދޫ އިރުން 11 މޭލު ބޭރުންނެވެ. މި ހިބަރު އެ ރަށަށް ގެނެސްފައި ވަނީ ދޯންޏަށް ތުންގަނޑުން ބައެއް ނަގައި އައްސައި ކަފުޖަހައިގެންނެވެ.
ހުސައިން ވަހީދުއަކީ އާންމުކޮށް ހިބަރުވެރިކަމާއި ފަރުމަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. މިއީ ފާއިތުވި އިރުވާ މޫސުމުން ފެށިގެން މިއަދާ ހިސާބަށް އޭނާ ބޭނި 45 ވަނަ މަސް ހިބަރެވެ. އޭނާ މަސްވެރިކަމުގައި އުޅޭތާ މިހާރު ވަނީ 37 އަހަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!