ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ދިއްދޫގެ ކަނބަލުންނަށް އަމާޒުކުރެވިގެން ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށާއި ދިއްދޫގައި ހުންނަ ސަރުކާރު އޮފީސްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް ފުރިހަމަކުރައްވަން ޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅުއްވަން ޖެހެއެވެ. ފޯމާއި ޤަވައިދު ދޫކުރުމާއި ބަލައިގަތުން ރަސްމީ ގަޑިތަކުގައި އެ ކައުންސިލުގައި ކުރިއަށް ދާނެއެވެ.

މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި ހިނގާ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.