ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444" ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ދިހަ ބައިވެރިންނަށް ވެސް މުބާރާތުގެ ފައިނަލް ބުރުން ޖާގަ ދީފިއެވެ.

ކުރިން މުބާރާތް ރާވާލާފައި އޮތީ ދެވަނަ ބުރުގެ ދެވަނަރެއަށް ހޮވޭ ދިހަ ބައިވެރިން، ދެވަނަ ބުރުގެ ދެވަނަ ރޭގެ ޝޯގައި ކިޔެވުމަށް ފަހު އެތަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް މި މަހުގެ 6 އަދި 7 ވަނަ ދުވަހުގެ ރޭ އޮންނަ ފައިނަލް ބުރުން ޖާގަ ލިބިގެންދާ ގޮތަށެވެ.

Ad
rt

ނަމަވެސް މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ރޭގެ ކިޔެވުން ރޭ ކުރިއަށް ގެންގޮސްފައިވާއިރު، ރޭ ޝޯގައި ވާދަކުރި ދިހަ ބައިވެރިންގެ ނަތީޖާތައް ދާދި އެއްވަރުވުމާއި ގުޅިގެން މުބާރާތުގެ އިންތިޒާމް ކޮމެޓީއާއި މުބާރާތުގެ ފަނޑިޔާރުންގެ މަޝްވަރާއަށްފަހު ނިންމާފައި ވަނީ އެ ދިހަ ބައިވެރިންނަށް މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ ރެއިން ޖާގަ ދިނުމަށެވެ.

ވުމާއެކު މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ބާއްވާ މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ ރޭ މި ދިހަ ބައިވެރިން ވާދަ ކުރާނެއެވެ. އެ ރޭ ކިޔެވުންތަކަށްފަހު ޖެހިގެން އަންނަ ރޭ (7 އޭޕްރިލް) އޮންނަ މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯއިން ޖާގަ ދިނުމަށް ނިންމާފައި ވަނީ ފައިނަލުގެ ފުރަތަމަ ރޭ އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށެވެ.

ދިއްދޫ އެންމެ އަލިގަދަ ތަރިއަކަށް ހޮވޭނީ ގްރާންޑް ފިނާލޭގައި އެ ބައިވެރިޔަކު ކިޔެވުމުގައި ލިބޭ މާކްސްއާއި، ފައިނަލް ބުރުގެ ފުރަތަމަ ރޭ އެ ބައިވެރިޔަކަށް ލިބުނު މާކްސް އެއް ކުރުމަށް ފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތަށެވެ. މި މުބާރާތުގެ އެއްވަނައަށް އަންނަ ހޮވޭ ފަރާތައް އިނާމެއްގެ ގޮތުގައި ވަނީ އުމްރާ ދަތުރެއް ދިނުމަށް ނިންމާފައެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ރޭ ވާދަކުރާ ދިހަ ބައިވެރިން

މަރިޔަމް ނާޔާ އަޙްމަދު

ޢާއިޝަތު ރީޝް ނަސީމް

ޢާއިޝަތު ރައިނާ ރަޝީދު

ހުސެއިން ޝަހުބާން

އަލް ހާފިޡާ ބައްސާމާ ސްލައިމާން

މަރްޔަމް މަހާ މުޙައްމަދު

އަބްދުﷲ ޒައިން ބިން މުޙައްމަދު

ޢާއިޝަތު ޝައުރާ މުޙައްމަދު

މަރްޔަމް އަޒާ އާދިލް

އަޙްމަދު މާހިލް މުޙައްމަދު

މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިނާމުގެ ގޮތުގައި ފައިސާގެ އިތުރުން އެ ބޭފުޅަކު ބޭނުން އެއްޗެއް ހުށަހެޅިދާނެ ކަމުގައި މިޑްލް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއްވައެވެ. އިނާމް ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 7656766، މި ނަމްބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް އެ ކުލަބުން އެދިލައްވައެވެ.

މި މުބާރާތަކީ ޓީވީއެމްއިން ރަމަޟާން މަހު ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތު ގެ ޓައިޓަލް ސުޕޮންސަރ އަކީ ކޭޑީ އެންޓަރޕުރައިސަސް ޕުރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޔަލަމްލަމް ހައްޖު އެންޑު ޢުމުރާ އަދި ސަން އޮފް ސެއިލާސް އެވެ.

މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ފެނަކަ އަދި އުދަރެސް އިން، އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ހއ. އަތޮޅު ކައުންސިލް ، ހއ. ދިއްދޫ ކައުންސިލް، ހއ. ދިއްދޫ ޕޮލިސް، ހއ.އަތޮޅު ތައުލީމީ މަރުކަޒު، ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ދިއްދޫ ކުރިމަ ގު ޖަމިއްޔާ އަދި މާހޯރައެވެ.

މުބާރާޓުގެ ސައުންޑް އެންޑް ލައިޓި ން ޕާޓްނަރ، ވި ކިކް، ޕްރިންޓިން ޕާޓްނަރ، އިންކް ބްލިންކް، ޑިޖިޓަލް ޕާޓްނަރ، ދިރާގު، އޮފިޝަލް ފުޓޯގުރަފާ ، ޒެރޯ ކްލިކްސް، އޮންލައިން މީޑިއާ ޕާޓްނަރ، ސަން އޮންލައިން ،ކޭޓަރިންގ ޕާޓްނާރ، ހއ. އުތީމު ބާހާރު ޑައިން، ޓުރެވެލިންގ ޕާރޓްނާރ ، އޯޝަން ލޯންޗް އެވެ.

އިތުރު ޕާޓްނަރުންގެ ތެރޭގައި އަލްޓްރާ ފެޝަން، އާހިޔާ ރެސިޑެންސް، އީޒީ ފިލިންގ، ދިއްޤާ ފައުންޑޭޝަން، އަލްފާ އިންޖިނިއަރިން، ނާޑު، ރަހަދާނާ، ރިންގް ޝޮޕް، އަލްމަރުޙޫމް އަބޫބަކުރު އަލީ (ކަނޑިތީމު އަބޫބަކުރު ) ހިމެނެއެވެ.