ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމުތަންތަނުގައި ހުއްދަ ނުހޯދާ ބަހައްޓާފައި ހުންނަ ތަކެތި ނަގަން ނިންމައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރުނު ދެންނެވުމެއްގައި ވަނީ ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމުތަންތަނަކީ ސާފުތާހިރު އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ބޭނުންކުރެވޭ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

Ad
rt

މީގެ އިތުރުން އެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި، އެ އިދާރާގެ ހުއްދަ ހޯދުމަކާއިނުލާ ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ދެންނެވުމުގައި ވަނީ "އާންމު އުނދަގުލާބެހޭ ގަވާއިދު" ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް އެ އިދާރާގެ ހުއްދަ ހޯދުމަކާއިނުލާ މަގުތަކާއި އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަތަކެތި އިތުރު އެންގުމަކާއިނުލައި ނަގަމުން ގެންދާނެ ކަމަށެވެ. އަދި މިގޮތަށް ނެގޭ ތަކެތި އަނބުރާ ހަވާލު ނުކުރެވޭނޭ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.