ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތް 1444" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި، ޤުރުއާން ހިތުދަސް ކުރުމަށާއި ތަޖުވީދު ހަމަތަކަށް ކިޔެވުމަށް ހިތްވަރު ދިނުމެވެ. މީގެއިތުރުން ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ޤުރުއާން މުބާރާތްތަކުގައި ވާދަކުރާނެ އެ ރަށުގެ ދަރިވަރުން ހޯދުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިއްދޫގެ ރައްޔިތުންނާއި އެ ރަށުގައި ދިރިއުޅޭ ފަރާތްތަކާއި އެ ރަށުގައި ހިންގާ ޤުރުއާން ކުލާސްތަކުގެ އިތުރުން އެ ރަށުގެ ސްކޫލްތަކުގެ ދަރުވަރުންނަށެވެ.
މި މުބާރާތުގައި ބަލައިގެން ކިޔުމުގެ ގޮތްޕާއި ނުބަލައި ކިޔުމުގެ ގޮފި ހިމެނޭއިރު، ކޮންފެ ފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެ ފަރާތަކުން ބޭނުންވާ ކޮންމެ އެއް ގޮތްޕެއްގައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މާޗު މަހުގެ 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިއްދޫ ކައުންސިލަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މިއީ ދިއްދޫ ކައުންސިލުން މި ޤުރުއާން މުބާރާތް ބާއްވާ ދިހަވަނަ ފަހަރެވެ.
ފޯމް: https://docdro.id/69qxTvz
ޤަވައިދު: https://docdro.id/FXfNoEd
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!