ސިނަމާލޭ ބްރިޖު ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައިފިއެވެ.

ދިވެހި ފުލުހުން ހިދުމަތުން ވިދާޅުވީ، ހައިވޭގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

Ad
rt

މި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

މިނޫހަށް ލިބިފައިވާ ބައެއް ފޮޓޯތަކުން އެންގޭ ގޮތުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި ފިރިހެނަކަށެވެ. ސައިކަލާއި ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

އޭނާ އައިޖީއެމް ހޮސްޕިޓަލުގެ އިމަރޖެންސީއަށް ގެނެސް ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ސީރިއަސްކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެމީހާ ނިޔާވެފައިވާކަމަށް ބައެއް މަސްދަރުތަކުން ޚަބަރު ފަތުރާފައިވެއެވެ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ.