އޭޕްރީލް މަހުން ފެށިގެން ވަކި އަދަދަކަށްވުރެ މަތީގެ ޗެކުތައް ބަލައިނުގަންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

އެ ބޭންކުން ބުނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 50،000ރ. އިން މަތީގެ އަދި 3000 ޑޮލަރުން މަތީގެ ޗެކުތައް ބަލައިނުގަންނާނެ ކަމަށެވެ.

Ad
rt

މި އަދަދަށްވުރެ މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލިނަމަވެސް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ބީއެމްއެލްއަށް އަދި އެހެން ބޭންކްތަކަށްވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން މިގޮތަށް ނިންމާފައިވަނީ ޗެކުން ކުރާ މުއާމަލާތްތައް މަދުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން ނިންމާފައިވާތީއެވެ.

ޑޮލަރު އެކައުންޓުން ނަގުދު ފައިސާ ނެގުމަށް ބީއެމްއެލް އިން ކަނޑައަޅާފައިވާ ލިމިޓް ވެސް ވަނީ ދާދިފަހުން އުވާލާފައެވެ.