ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި 2020 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިޢުލާން ކޮށްފިއެވެ.

އެގޮތުން 12 އަތޮޅެއްގައި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވާއިރު މި ހުރިހާ ކޯހެއް ހއ،ދިއްދޫ، ހޯރަފުށި، އުތީމް ގެ އިތުރުން ކުޅުދުއްފުށީގައިވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ޖުމްލަ ފަސް ކޯހެއް އިޢުލާން ކޮށްފައިވާއިރު ކޮންމެ ކޯހަކަށްވެސް ޖުމްލަ 60 ޖާގަ ވަނީ ހުޅުވާލާފައެވެ.

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޤިރާއަތު ސެޓްފިކެޓް 1،2،3 އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ގެ އިތުރުން އަރަބި ބަހުގެ ޑިޕްލޮމާ ކޯސް ހިމެނެއެވެ.