އިންޑޮނޭޝިއާގެ މޮލުއްކަސް އަށް 7.1 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވިދާޅުވީ ބިންހެލުން އައި އިންޑޮނޭޝިއާގެ މޮލުއްކަސް އާއި ރާއްޖޭގެ ވެރިރަށް މާލެ އާއި ދެމެދު 5948 ކިލޯމީޓަރުގެ ދުރުމިން އެބަހުރި ކަމަށެވެ.

Ad
rt

މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށް ވެސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވިދާޅުވެއެވެ.

ދޭތެރެ ދޭތެރެއިން އިންޑޮނޭޝިއާގެ ބައެއް ރަށްތަކާއި އެރަށްތަކާއި އިންވެގެން އޮންނަ ކަނޑުތަކަށް ބިން ހެލުމުގެ އަސަރު އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސުމަޓްރާ އާއި، ޕްލޯރެސް އައިލެންޑް އާއި ބަންޑާ ކަނޑާއި، އުތުރު މޮލުކޫ ކަނޑުގެ ސަރަހައްދު ހިމެނެއެވެ.