އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކުރުމަކީ ވަރަށް ދެފުށްދެގޮތްކަން އަންގައިދޭ ހެއްކެއްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ،
ކުރިއަށް ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނުކުންވަން ނިންމާފައިވާ ނާޒިމް މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ވެރިރަށް މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ފުލުހުން، ދޮށީ އުމުރުގެ އަންހެނެއް ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވަނީ މި ޓްވީޓްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
''ސިޔާސީ ހައްގުތައް ތަންމިނަށް ހުޅުވި ބަހާރު މޫސުން އައިސްފައިވާ ކަމަށް ބުނާ ސަރުކާރަކުން، ސިޔާސީ އެއްވުންތަކުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މީހުން ހައްޔަރުކޮށް އަދި އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކުރުމަކީ ވަރަށް ދެފުށްދެގޮތްކަން އަންގައިދޭ ހެއްކެއް.'' ނާޒިމް ވިދާޅުވެފަވެއެވެ.
ނާޒިމްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއިރު، ހުސްވި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމްއެންޕީން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ވަނީ އެމްއެންޕީ މަސައްކަތް ކުރާނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް ނިންމާފައެވެ.
ދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ވެރިރަށް މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ފުލުހުން، ދޮށީ އުމުރުގެ އަންހެނެއް ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު ނޮވެމްބަރު 25 ވަނަ ދުވަހު އިކޮޅު ލީޑަރު، ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމަށްފަހު ކޮންމެ ރެޔަކު އިދިކޮޅުން އަންނަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!