ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން ހއ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފިއެވެ.
ހއ އަތޮޅު ހޮސްޕިޓަލަށް ޗައިނާ ސަފީރު ޒަންގް ލިއޮން ވަނީ ޒިޔާރަތް ކުރައްވާފައި ވެއެވެ. އަދި އެ ހޮސްޕިޓަލުގެ ހާލަތު ސަފީރު ވަނީ ބައްލަވާ ލައްވާފައެވެ. ޗައިނާ ސަފީރު ޒަންގް ލިއޮން ހއ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވީ އެމަނިކުފާނު މިހާރު ހއ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައެވެ.
މިދަތުރު ފުޅުގައި ސަފީރު ވަނީ ހއ ބާރަށް، ހއ ކެލާ އަދި ހއ ދިއްދޫ އަށް ވަޑައިގެން އެރަށްތަކުގެ ސްކޫލު ތަކާއި ހެލްތު ސެންޓަރު ތަކާއި ހޮސްޕިޓަލް އަދި ކައުންސިލް ތަކާއި ބައްދަލުކުރައްވާފައެވެ.
Paid a visit to Baarah, Kelaa and Dhidhdhoo island, talked to people in local schools, health centers, hospital and city councils and exchange views on development issues. Beautiful and impressive. pic.twitter.com/qinoEGCqRH
— Chinese Embassy in Maldives (@ChinaEmbassyMV) November 17, 2019
މިދަތުރުގައި އެތަން ތަނުގެ ތަރައްޤީގެ މަސްރޫޢުތައް ކުރިޔަށް ގެންދިއުމަށް ދިމާވެފައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަސްވަރާ ކުރައްވާފައި ވާކަމަށް ސަފީރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!