މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު، އެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް، ބަނޑޭރިޕޭ ޕޯޓަލް މެދުވެރިކޮށެވެ. މި ފައިސާ ދެއްކެވުމަށް ފަހު ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ (hawwa.nazla@finance.gov.mv) މި މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް އެ ފަރާތުން ވަނީ އެދިލައްވާފައެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/240,000ރ (ދެލައްކަ ސާޅީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތެއްގެ ގޮތތުގައި ކަނޑައަޅާފައި ވަނީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓުން ( www.finance.gov.mv ) މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މަތީގައި ބަޔާންކުރެވިދިޔަ އީމެއިލް އެޑްރެހަށް އަންނަ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.
މި މަސައްކަތަށް އެދި ހުށަހަޅާ ބިޑްތައް ސިޓީއުރައެއްގައި ބަންދުކުރުމަށް ފަހު، އޭގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔަން ޖެހެއެވެ.
މި މަސައްކަތަށް އެދި ހުށަހަޅާ ބިޑުތައް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީމަހުގެ 9 ވަނަ ދުވަހުގެ މެންދުރު 13:00 ގައި އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި އެކަމަށްޓަކައި ބާއްވާ ބަދަލުވުމުގައެވެ.
މި ބީލަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިރީގައިވާ ބަޔާންކޮށްފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށެވެ. އެ އުސޫލުތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސްގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އާއި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!