ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފިއެވެ.
މި މުބާރާތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސްއެވެ. މި މެޗު 17 ލަނޑު 10 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ހެލްތު ސެންޓަރުގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރ ޓީމްގެ ޖޯޒީ ނަމްބަރު 57، މަރިޔަމް ނާއިޝާ މަންސޫރެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބާއި ޑަބްލިއުޑީސީ ހޭންޑްބޯލް ޓީމެވެ. މި މެޗު 21 ލަނޑު 11 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ޑަބްލިއުޑީސީ ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޑަބްލިއުޑީސީ ޓީމްގެ ޖޯޒީ ނަމްބަރު 7، ފާތިމަތު ޝިފާނާއެވެ.
މި މުބާރާތުގެ ދެ މެޗު މިއަދު ވެސް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރާއި ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމެވެ. މި މެޗު 16 ލަނޑު 20 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފެނެކައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހެލްތު ސެންޓަރ ޓީމްގެ ޖޯޒީ ނަމްބަރު 57، މަރިޔަމް ނާއިޝާ މަންސޫރެވެ.
ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑް ބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން، ފޮޓޯ: ފޯކައިދޫ ކައުންސިލް
ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއާއި މަޑުފެހި ސްޕޯޓްސް ކުލަބެވެ. މި މެޗު 8 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ބްލަޑް ބްރަދާސް ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސް ޓީމްގެ ޖޯޒީ ނަމްބަރު 27، އައިމިނަތު ރިޝާމާއެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު 16:00 ގައި ޑަބްލިއުޑީސީ އާއި ފެނެކަ ބައްދަލުކުރާއިރު ދެވަނަ މެޗުގައި މާދަމާ 17:00 ގައި ބައްދަލުކުރާނީ ފޯކައިދޫ ހެލްތު ސެންޓަރާއި މަޑުފެހި ސްޕޯޓްސް ކުލަބެވެ.
ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑް ބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން، ފޮޓޯ: ފޯކައިދޫ ކައުންސިލް
މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފޯކައިދޫ ހެލްތު ސެންޓަރ، ބްލަޑް ބްރަދާސް، މަޑުފެހި ސްޕޯޓްސް ކުލަބް، ޑަބްލިއުޑީސީގެ އިތުރުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
މިއީ ފޯކައިދޫގައި ހޭންޑްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!