ތިލަދުންމަތީ ދެކުނުބުރީ ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ޑިސެމްބަރ 1 ވަނަ ދުވަހުގެ ކުރިން ފިނޭ ކައުންސިލަށް ވަޑައިގެން ނުވަތަ އެ ކައުންސިލަށް ގުޅުއްވައި (6520027) ނަން ނޯޓް ކުރެއްވުމަށް އެ ފަރާތުން އެދިލައްވައެވެ.

Ad
rt

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އީމެއިލް ކުރައްވާ ފަރާތްތަކުން، ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައި ކޮށްފައިވާ އިޢުލާނުގެ ނަމްބަރާއި އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ގުޅޭނެ ނަމްބަރު އީމެއިލްގައި ހިމެނުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7686769، 9633159 ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

އީމެއިލް ކުރައްވާނީ info@finey.gov.mv އަށެވެ.