ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ސަލަފް ޖަމިއްޔާއާއި ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ވޯކްޝޮޕް ހާއްސަ ކޮށްފައި ވަނީ އުމުރުން 8 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މި އުމުރުގެ ދެ ޖިންސްގެ ކުދިންނަށް ވެސް މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

Ad
rt

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ކުދިން ބައިވެރިކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އެ ޖައިމިއްޔާއިން އެދިލައްވައެވެ.

ފޯމް: https://forms.gle/H6dagGfo4wHErQc77

ފޯމް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 15 ވަނަ ދުވަހެވެ. ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުނެ ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ވޯކްޝޮޕްގައި ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ޝެއިޚް ނިމާލް މުޙައްމަދާއި، ޝެއިޚް މުޖުތަބާ ހަމީދު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.